ENGLISH
13 ސެޕްޓެމްބަރު 2025
ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
12 އޭޕްރީލު 2025
|
ލ. މާންދޫ. އެރަށުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފަ. ފޮޓޯ: ހޮރައިޒަން ފިޝަރީޒް
ރޭ ފަތިހު ލ. މާންދޫގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވީ ލ. މާބައިދޫއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އިބްރާހީމް ނައުޒަމެވެ.
ނައުޒަމް އަދާކުރީ މާންދޫ ބޯޓެއްގެ ކައްޕިއެއްގެ މަގާމެވެ. އެކްސިޑެންޓްވީ ނައުޒަމް ރޭ ދަންވަރު ދުއްވި ސައިކަލު ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކްސިޑެންޓްވުމުން ނައުޒަމަށް ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައެވެ. ގަމު ކައުންސިލާ ހަވާލާދީ މައުލޫމާތު ލިބިފައިވާގޮތުގައި ނައުޒަމް ނިޔާވީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނު 8:45 ކަށްހާއިރުއެވެ.
މާންދޫއަކީ ހޮރައިޒަން ފިޝަރީޒުން މަސް ފެކްޓްރީ ހިންގާ ރަށެވެ.
އެކްސިޑެންޓެއްގައި މާބައިދޫ ޒުވާނަކު ނިޔާވިއިރު، ރޭ ހުޅުމާލޭގައި ސައިކަލަކުން ވެއްޓި އަނިޔާ ލިބުނު ޒުވާނަކަށް އައިޖީއެމްއެޗް އިމަޖެންސީގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.