ENGLISH

10 ޖުލައި 2025

Advertisement

ކުރިއަށް އޮތް އަހަރު އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާވާނެ: ޝަރީފު

12 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ވީއޭއައިއަށް 59 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލް އެމްޑީ ޝަރީފު ވާހަކަދައްކަވަނީ، ފޮޓޯ: އެމްއޭސީއެލް

އަންނަ އަހަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ އަހަރެއްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ. 

އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ވީއައިއޭގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މި ސަރުކާރުން އެއާޕޯޓު ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ ސަަމާލުކަމެއް ދޭ ކަމަށެވެ. އެ ސަމާލުކަން ފާހަގަކުރައްވައި ޝަރީފުވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. 

އެއާޕޯޓުގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވަމުން، ސަރުކާރުން އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހަގީގީ ފައިދާ ރައްޔިތުންނަށާއި ގައުމަށް ހޯދައިދޭ މީހުންނަކީ އެ މުވައްޒަފުން ކަމުގައި ޝަރީފު ވިދާޅުވިއެވެ. 

އަދި އެއާޕޯޓުގެ ހިދުމަތް ހޯދާ ފަސިންޖަރުން ހިތްހަމަޖެހޭނެ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އެގޮތުގައި އެއާޕޯޓުން ދެމުންދާ ހިދުމަތްތައް ދެމެހެއްޓުމަށް އޭނާ މުވައްޒަފުންނަަށް އިލްތިމާސްކުރެއްވިއެވެ. 

މިއަދު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަަ ހިނގާލުމެއް ބާއްވާފއިވެއެވެ. އަދި އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ގާލާ ނައިޓަކާއި، ހޭންޑްބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވެއެވެ. 

އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށިގެން ކުރިއަށްދާއިރު މިހާރު ހިނގަމުންދާ އެންމެ މުހިއްމު މަސައްކަތަކީ 72،000 އަކަފޫޓުގެ ބޮޑުމިން ހުންނަ އައު ޓާމިނަލުގެ މަސައްކެތެވެ. އެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދިއުމަށް އެމްއޭސީއެލުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު