ENGLISH
19 އޭޕްރީލު 2025
އެއާޕޯޓަަށް 59 އަހަރު؛ ހުރިހާ ޚިދުމަތްތެރިންނަށް ރައީސްގެ ޝުކުރު
12 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމްއޭސީއެލްގެ އެމްޑީ ޝަރީފްއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމުގެ ޚިދުމަތުގައި އެއާޕޯޓުގައި ޚިދުމަތްކުރެއްވި އަދި މިހާރުވެސް ޚިދުމަތްކުރައްވަމުންދާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ޚިދުމަތްކުރެއްވި އަދި ކުރައްވަމުންދާ ބޭފުޅުންގެ 59 އަހަރުގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެމްއޭސީއެލްގެ މިހާރުގެ ހުރިހާ ހިދުމަތްތެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ކުންފުންޏަށް އުފާވެރި އަހަރީ ދުވަހަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއާޕޯޓުގެ ފުރަތަމަ ރަންވޭ ބިނާކުރުމުގެ މަސައްކަތް 1960 ވަނަ އަހަަރު ނިންމައި އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު ޖައްސާފަައިވަނީ 1962 ވަނަ އަހަރުއެވެ. އަދި ރަސްމީކޮށް ހުޅުލޭ އެއާޕޯޓުގެ ނަމުގައި އެއާޕޯޓު ހުޅުވައިދެއްވީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރެވެ. އެއީ 1966 ވަަނަ އަހަރުއެވެ.
1972 ވަަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިފަހުން އެއާޕޯޓަކީ އެ ސިނާއަތުގެ މުހިއްމު އެއް ބަހާއެވެ.
އެއާޕޯޓު ހިންގުމަށްޓަކައި ހާއްސަ ކުންފުންޏެއްގެ ގޮތުގައި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް 1994 ވަނަ އހަރު ދިވެހި ސަރުކާރުން އުފެއްދިއެވެ. ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އެމްއޭއސީއެލް އުފެދުމަށްފަހު އެއާޕޯޓު މެނޭޖުކޮށް ހިންގައި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއޭސީއެލުންނެވެ.
ފާއިތުވި ދުވަސްތަކުގައި އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއާޕޯޓުގެ ސީ ޕްލޭން ޓާމިނަލާއި އައު ކާގޯ ގިމަތައާއި އައު ފަޔާ ސްޓޭޝަނުގެ އިތުރަށް އައު ފިއު ފާމާއި ހައިޑްރަންޓް ސިސްޓަމް ގާއިމުކޮށްފައިވެއެވެ.