ENGLISH

19 އޭޕްރީލު 2025

Advertisement

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

12 އޭޕްރީލު 2025

|

ޢަލީ ޝާހީން

ވެލާނަ އިންޓާނޭޝަނަލް އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުން --- ފޮޓޯ: ވީއައިއޭ

ވެލާނަ އިންޓާނޭޝަނަލް އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އަހަރީ ދުވަހަގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖުމެންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑާރުން ބައިވެރިވިއެވެ. 

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް ވަނީ އެއާރޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެއާރޕޯޓުގެ ތަރައްގީއަށްޓަކައި ވަރަށް މުހިންމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަމަށް ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ކޮންޓްރެކްޓަރު ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ އެއާޕޯޓުގެ މުވައްޒަފުންކަމަށެވެ. އެގޮތުން އެއާރޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރަައްވަމުން އެކަމަށްޓަކައި މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ، އެއާރޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަމަށާއި ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއާރޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ދުވަހުގެ މުނާސަބަތުގައި 59 ފޫޓޫގެ ކޭކެއް  ފަޅާފައިވާއިރު އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު