ENGLISH
10 ޖުލައި 2025
ފަރިއްކޮޅަށް ބޮޑު ޚަރަދެއް ހިނގިކަމަށް ބުނެ ފަތުރަނީ ދޮގެއް: އިޤުބާލު
12 އޭޕްރީލު 2025
|
މިނިސްޓަރު އިޤުބާލު އާދަމް، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ފަރިއްކޮޅަށް އެންމެ ދުވަހެއްގެ މައްޗަށް 9،000 ރުފިޔާ ޚަރަދުވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުން އަންނަނީ ދޮގު ޚަބަރެއްކަމަށް ރިޔާސީ ގަނޑުވަރުގެ ވަޒީރު އިޤުބާލު އާދަަމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގަައި ފަތުރަމުން އަންނަ ޚަބަރަކީ ރައީސްގެ ޢާއިލާގެ ފަރިއްކޮޅަށް ގިނަ ޢަދަދެއްގެ ތަކެތި ގަނެފައިވާކަމަށް ބުނެ ފަތުރާ ޚަބަރެކެވެ. އެގޮތުން އެންމެ ދުވަހެއްގެ ފަރިއްކޮޅަށް 9،000 ރުފިޔާގެ ތަކެތި މުލިއާގެއަށް ގަނެފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
މިވާހަކަތައް ސޯޝަލް މީޑިޔާގައި ދަައުރުކުރަން ފެށުމާ ގުޅިގެން ބައެއް މީޑިޔާއިންވެސް މި ޚަބަރު އާއްމުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އިޤުބާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސްއާއި އެމަނިކުފާނުގެ އާއިލާގެ ފަރިއްކޮޅަށް ދުވަހެއްގެ މައްޗަށް 9،000 ރުފިޔާގެ ތަކެތި ގަތް ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިޤުބާލު އެދިވަޑައިގެންނެވިއެވެ.
ރައީސާއި އެމަނިކުފާނުގެ އާއިލާއާ ގުޅުވައިގެން ސޯޝަލް މީޑިޔާގައި ވަރަށް ގިނަ ދޮގު ވާހަކަތައް އަންނަނީ ފަތުރަމުންނެވެ. ސަރުކާރުން އަންނަނީ އެފަދަ ވާހަކަތަކުގެ ތެދުދޮގު އާއްމުކޮށް ހާމަކޮށްދެމުންނެވެ.