ENGLISH

10 ޖުލައި 2025

Advertisement

ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއިއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

11 އޭޕްރީލު 2025

|

ޢަލީ ޝާހީން

ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ހައްޔަރުކޮށްފައިވާ ދެ ބިދޭސީން -- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ދެ ރައްޔިތެކެވެ. އެއީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު