ENGLISH

10 ޖުލައި 2025

Advertisement

ސަޢުދީ ސަފީރުގެ ދައުރު ނިމުމަކަށް ދިވެހި ރައްޔިތުންނާއި ސަރުކާރަށް ސަފީރުގެ ޝުކުރު

11 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ސަޢުދީ ސަފީރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އަލްވަދާއުގެ ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅާފައި ހުންނަވާ ސަަފީރު މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީގެ ދައުރު ނިމުމަކަށް އައުމާއެކު ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންނާއި ސަރުކާރާއި އެ ޤައުމު ދިވެހިރާއްޖޭގައި ތަމްސީލުކުރެއްވުމުގެ ފަޚުރުވެރި ފުރުސަތު އޭނާއަށް ދެއްވިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ޚާދިމުލް ޙަރަމައިނިއް ޝަރީފައިން އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ރާއްޖެއަށް އަލްވަދާޢު ވިދާޅުވަނީ ވަރަށް އުފާވެރި އިލްހާމުވަނިވި އަހަރުތަކެއް ރާއްޖޭގައި ހޭދަކުރެއްވުމަށްފަހުކަން ފާހަގަކުރައްވަމުން މަތްރެކް ވިދާޅުވީ އެ އަހަރުތައް ހޭދަކުރެއްވީ ރީތި ގައުމެއްގައި ދީލަތި ރައްޔިތެއްގެ މެދުގައި ކަމަށެވެ. 

އަދި ރާއްޖެއަަށާއި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން މަތްރެކްވަނީ ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރައްޔިތުންނަށް ހިދުމަތްކުރުމުގައި ޝާމިލުވި އެހެނިހެން ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ވިޔަފާރި ކުންފުނިތަކަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ. 

އަދި ސަޢުދީ ސަފާރާގައި މަސައްކަތްކުރައްވާ މުވައްޒަފުން، އިސްލާމްދީނަށާއި، ސަޢުދީ ރަސްގެފާނަށާއި އެ ޤަައުމަށް ޚިދުމަތްކުރުމުގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެ މުވައްޒަފުންނަށް މަތްރެކް ޝުކުރު އަދާކުރައްވާފައިވެއެވެ. 

އޭނާގެ ދައުރު ނިމުމަކަށް އަައުމާ ގާތްވުމާ ގުޅިގެން މަތްރެކްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް، މި މަހުގެ އަށްވަނަ ދުވަހު އަލްވަދާޢުގެ ޒިޔާރަތެއް ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ސަފީރުގެ ދައުރުގެ ތެރޭގައި ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި އެކަމުގައި ސަފީރު އަދާކުރެއްވި ދައުރު ފާހަގަކުރައްވއި ރައީސް އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު