ENGLISH

18 އޭޕްރީލު 2025

Advertisement

ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ތުހުމަތުކުރެވޭ ދެމީހުންނަށް ދައުވާކުރުމަށް ފޮނުވައިފި

11 އޭޕްރީލު 2025

|

ޢަލީ ޝާހީން

ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން -- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފްﷲ ފައިޞަލް (19 އަހަރު) ކަމަށެވެ.

ފުލުހުން ހާމަކުރިގޮތުގައި މި މާރާމާރީ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން، މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި ގޮސް ކޯރާޑިއަކުން ހަމަލާދީގެން ކަމަށެވެ.

ފުލުހުން ބުނީ، މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ކަމަށެވެ. 

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ދައުވާ ކުރުމަށްޓަކައި ބަލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު