ENGLISH

10 ޖުލައި 2025

Advertisement

"ހޮޅުދޫ ބޯޓު" ގެ އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ ކަށުނަމާދު ފަސްކޮށްފި

11 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ލ. މާވަށު އަހިމާގެ، އަލީ މުޝްފިޤް މުހައްމަދު ޝަރީފްގެ މައްޗަށް ކުރަން ހަމަޖެހިފައިވާ ކަށުނަމާދު، ފަނޑިޔާރުގެ ހުކުމެއް ލިބެންދެން ފަސްކޮށްފައިވާ ކަމަށް މާވަށު ކައުންސިލުން ރޭ ވަނީ އިޢުލާނުކޮށްފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓު" ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުނު މި ޒުވާނާގެ މައްޗަށް ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށް ކައުންސިލުން ކުރިން އޮތީ ނިންމާފައެވެ.

ނަމަވެސް، ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށުނަމާދު ކުރުމާމެދު ޢަމަލުކުރާނެ ގޮތާ މެދު ސުވާލު އުފެދުމާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިކަމާމެދު ކަންކުރަންވީ ގޮތް ސާފުކޮށްދެއްވާފައެވެ.

އޭގެ ފަހުން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ނިންމުން އިޢުލާނުކުރީ އެކަން ސާފުވެފައި ނުވާތީ ކަމަށާއި، އެހެންކަމުން ހުކުރުގެ ފަހުން ބާއްވަން އޮތް ކަށުނަމާދު ނޯންނާނެ ކަމަށެވެ. އަދި ހުކުމް ލިބި ކަށުނަމާދުގެ ކަންކަން ހަމަޖެހުމުން، ކަށުނަމާދު ކުރާނެ ތާރީޚާއި ވަގުތު ކައުންސިލުން އިޢުލާނުކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ޣައިބަށް ކަށުނަމާދު ކުރުމުގެ މައްސަލައިގައި ޝަރުޢީ ހުކުމެއް ލިބެންދެން އިންތިޒާރުކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ފާހަގަކުރެވެއެވެ. މިފަދަ ޚާއްޞަ ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމުގެ މުހިންމުކަން މި ހާދިސާއިން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު