ENGLISH

18 އޭޕްރީލު 2025

Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މީހާއަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

10 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުޅުދުއްފުށި ހޮސްޕިޓަލް

ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށް ފަރުވާ ދެމުންދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިއަދު 3:30 ހާއިރު އޭނާ މަރުވެފައިވާ ކަމަށެވެ. އޭރުވެސް އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.

ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 21:12 ގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ އެ ރޭ ހާމަކޮށްފަ އެވެ.

އެ މީހާއަކީ އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަަށާއި އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ކަަމަށް ވެސް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަައް އަޅާފައިވާ ކަމަށާ އަދި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށާ އެ ތަޙުޤީޤު ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެކަން އެޗްއާރުސީއެމް އާއި އިންޓަގްރިޓީ ކޮމިޝަނާއި ކަމާބެހޭ މުއައްސަސާތަކާއި ހިއްސާކޮށް ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު