ENGLISH

18 އޭޕްރީލު 2025

Advertisement

އަަޅުގަނޑާއި ހަމަ ކޮންމެ ސުވާލެއް ވެސް ކުރެވޭނެ: ރައީސް

10 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު މިއަދުގެ ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ ކަންބޮޑުވުން އޮތް ކޮންމެ ކަމެއްގައި ކޮންމެ ރައްޔިތަކަށް ވެސް އެމަނިކުފާނާއި ސުވާލު ކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ތިންވަނަ ޕްރަގްރާމްގައި އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ވާދޫ ސުކޫލަށް ދިވެހި މުދައްރިސަކު ހަމަޖެހޭނެ ދުވަހަކާއި ގުޅޭގޮތުން އާންމުންގެ މީހަކު މިއަދު ކުރި ސުވާލަކާއި ގުޅިގެންނެވެ. މި ޕޮޑްކާސްޓްގެ ހޯސްޓް، އަޙްމަދު ޝަކީބު ވަނީ އެފަދަ ސުވާލުތަކަކީ އެޑިއުކޭޝަން މިނިސްޓަރު ޖަވާބު ދެއްވަން ޖެހޭ ސުވާލުތައް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކޮންމެ ކަމެއްގައި ކޮންމެ ރައްޔިތަކަށްވެސް އެމަނިކުފާނާއި ސުވާލު ކުރެއްވޭނެ ކަމަށެވެ.

"އަޅުގަނޑާއި ހަަމަ ކޮންމެ ސުވާލެއް ވެސް ކުރެވޭނެ އެނގޭތޯ،" މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އަދި އެ މައްސަލަ އޮތްގޮތް ސާފުވެސް ކޮށްދެއްވި އެވެ. ރައީސް ވިދާޅުވީ އެންމެ ފަހުން އެ ރަށަށް ވަޑައިގެންނެވިއިރު ދުވަހުވެސް އެކަމާ ވާހަކަ ދެކެވުނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ރަށު ސުކޫލަށް ދިވެހި މުދައްރިސަކު ހޯދުމަށް ތިން ފަހަރު ޢިއުލާނު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޢިއުލާނުގެ މުއްދަތު ހަމަވީއިރު އެއްވެސް މީހަކު ކުރިމަތި ނުލާ ކަމަށެވެ. އަދި ވަގުތީ ގޮތުން ޓީޗަރަކު ހޯދަން ވެސް މަސައްކަތްކޮށް ކާމިޔާބު ނުވި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުދައްރިސަކު ލިބެންދެން އޮންލައިންކޮށް ކުލާސްތައް ހިންގަމުންދާ ކަމަށެވެ. އަދި ހަފްތާ ބަންދުގައި ޓީޗަރަކު ގޮސް އެހީތެރިވެދެމުންދާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މުދައްރިސުންގެ ގޮތުގައި 10,088 މީހަކު މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 7,980 މުދައްރިސުންނަކީ ދިވެހީންނެވެ.

ކިޔުންތެރިންގެ ހިޔާލު