ENGLISH
18 އޭޕްރީލު 2025
ޣައްޒާގެ ދިފާއުގައި ދިވެހީންގެ ސައިކަލު ބުރެއް މާދަމާ ބާއްވަނީ
10 އޭޕްރީލު 2025
|
ފަލަސްތީނުގެ މިނިވަން ކަމަށް ތާޢީދުކޮށް ދިވެހީން ކުރީން ބޭއްވި ހިނގާލުމެއް --
ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.
ސައިކަލު ބުރު އިންތިޒާމު ކުރަނީ ދީނީ ޢިލްމުވެރީންނާއި މަދަނީ ގިނަ ޖަމިއްޔާތަކެއް ގުޅިގެންނެވެ. އެ ހަރަކާތް އިންތިޒާމު ކުރުމުގައި 50 ވުރެ ގިނަ ޢިލްމުވެރީން ބައިވެރިވެ އެވެ.
ރޭ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އައްޝައިޚް އާދަމް ނިޝާން ވިދާޅުވީ އެ ސައިކަލު ބުރުގެ ބޭނުމަކީ ޣައްޒާގެ މުޖާހިދުންނާއެކު ދިވެހީން ތިބިކަން ސާބިތުކޮށް ދިނުން ކަމަށެވެ. އެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވެސް އެެދިފައިވެ އެވެ.
ސައިކަލު ބުރު އޮންނާނީ މާދަމާ ހަވީރު 4:30 ގައި ރަސްފަންނު ސަރަޙައްދުންނެވެ. ސައިކަލު ބުރު އޮންނާނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.
ސައިކަލު ބުރު ނިންމާލާނީ ވެސް ރަސްފަންނަަށެވެ.
އިތުރު ހަރަކާތްތަކެެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށް ޢިލްމުވެރީން ވަނީ ހާމަކޮށްފަ އެވެ. އެ ހަރަކާތްތަކުގެ މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.