ENGLISH

18 އޭޕްރީލު 2025

Advertisement

ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސަކަށް ޝިފްލާ އިންތިހާބު ކޮށްފި

10 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވި ޝިފްލާ އިބްރާހިމް -- ފައިލް ފޮޓޯ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް، ގެ މަޤާމަށް ޝިފްލާ އިބްރާހިމް އިންތިޚާބު ކޮށްފި އެވެ.

ޝިފްލާ އެ މަޤާމަށް އިންތިޚާބު ކޮށްފައިވާކަން ހާމަކޮށް ބްރޯޑްކޮމް އިން މިއަދު ވަނީ އޭނާއަށް މަރުޙަބާ ކިޔާފަ އެވެ. ބްރޯޑްކޮމްގެ މެންބަރަކަށް ޝިފްލާ އައްޔަނު ކުރެއްވީ 2021 ވަނަ އަހަރު އެވެ.

ދައުލަތުގެ މީޑިއާ، ޓީވީ މޯލްޑިވްސް ގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޝިފްލާ އަކީ ބްރޯޑްކާސްޓިން ދާއިރާ ގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓީވީ ހޯސްޓެވެ. ގިނަ އަހަރުތަކެއް ވަންދެން ޓީވީ މޯލްޑިވްސް ގައި ޚަބަރު ކިޔާފައިވެ އެވެ.

ދިވެހީންގެ މެެދުގައި އެންމެ މަޝްހޫރުވި ބައެއް ޕްރަގްރާމްތައް އޭނާ ހުށައެޅި އެވެ. އޭގެ ތެރޭގައި "ދިވެހީންނާއި މިއުޒިކު" އަދި "ފިލްމީ އުދަރެސް" ފާހަގަ ކޮށްލެވެ އެވެ.

ބްރޯޑްކޮމްގެ ނާއިބު ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރީން ހުންނެވި މުޙައްމަދު ފަޒީން އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވަނިކޮށެވެ. ބްރޯޑްކޮމްގެ އަންހެން މުވައްޒިފަކަށް ފަޒީން ޖިންސީ ފުރައްސާރަ ކުރި މައްސަލަ މަޖިލީހަށް ހުށައެޅީ އެ އަންހެން މުވައްޒިފެވެ.

ކިޔުންތެރިންގެ ހިޔާލު