ENGLISH
18 އޭޕްރީލު 2025
މާމިގިލީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
10 އޭޕްރީލު 2025
|
މާމިގިލީ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން -- ފޮޓޯ: ޕޮލިސް
އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
މާމިގިލީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު ގާސިމް އިބްރާހީމް އެވެ.
މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.