ENGLISH

10 ޖުލައި 2025

Advertisement

ފަސް ވަޒީރުންނާއެކު ބާއްވާ "އަހާ" ފޯރަމް މިމަހު 24 ވަނަ ދުވަހު

10 އޭޕްރީލު 2025

|

ޢަލީ ޝާހީން

ފަސް ވަޒީރުންނާއިއެކު "އަހާ" ފޯރަމުގެ ބައްދަލުވުމެއް މިމަހުގެ 24 ވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރުއެވެ.

"އަހާ" ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެކެވެ. މިގޮތުން "އަހާ" ގެ ފުރަތަމަ ފޯރަމް ބެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އަހާގެ ދެވަނަ ފޯރަމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބާއްވާފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު 14 ވަނަ ދުވަހުވެސް "އަހާ" ގެ ފޯރަމެއްވަނީ ބައްވާފައެވެ.

މިމަހުގެ 24 ވަނަ ދުވަހު ބާއްވާ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑެއިގަންނަވާނީ

· މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލަޖީ އަލީ އިހްސާން،

· އެޓާނީ ޖެނެރަލް އަލްއުސްތާޒް އަހްމަދު އުޝާމް،

· މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު،

· މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗާރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް

· މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

ކިޔުންތެރިންގެ ހިޔާލު