ENGLISH
18 އޭޕްރީލު 2025
ތައިލެންޑަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އެދިއްޖެ
10 އޭޕްރީލު 2025
|
ތައިލެންޑްގެ މައި އެއާޕޯޓް
ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން އެ ގައުމަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖެއްސުމާއި ގުޅިގެން އެކަމަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާ އިން އިލްތިމާސް ކޮށްފި އެވެ.
އެ އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރާނެ ކަމަށް ތައިލެންޑްގެ އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ޚާރިޖީ ވުޒާރާ އިން ބުނީ އޮންލައިން މި ފޯމް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި ފުރަން ޖެހޭ ކަމަށެވެ.
މީގެ ސަބަބުން، ރާއްޖެ އާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ އެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރާއިރު، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.