ENGLISH

12 ޖުލައި 2025

Advertisement

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީގެ ސިޔާސަތުތަކަށް އަމަލުކުރުން މުހިންމު: އާދަމް ޝަރީީީފް

10 އޭޕްރީލު 2025

|

ޢަލީ ޝާހީން

އާދަމް ޝަރީފް އުމަރު.

ރައްޔިތުންގެ ބައިވެރިވުމާ އެކީ ރަށްވެހި ތަރަށްޤީ އާއި ތަހުޒީބު އިދާރީ ދާއިރާތަކަށް ހޯދައިދިނުމަކީ މިނިސްޓްރީގެ އަމާޒު ކަމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީގެ ސިޔާސަތުތަކަށް އަމަލުކުރުން މުހިންމު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސްކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު އާދަމް ޝާރީފް ވިދާޅުވީ، މިނިސްޓްރީން ހަތަރު ސިޔާސަތެއް ކަނޑާއަޅާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ސިޔާސަތަކީ ކައުންސިލްތައް މާލީގޮތުން ބާާރުވެރިކުރުވުން ކަމަށާއި އެކަމަކީ މިނިސްޓްރީން އަމާޒު ހިފާފައި އޮތް ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ދެވަނަ ސިޔާސަތަކީ ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުން ކަމަށެވެ. ތިންވަނަ ސިޔާސަތެއްގެެ ގޮތުގައި ވަޒީރު ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހާމަކަންބޮޑު ގޮތެއްގައި ހިންގާ ޖަވާބުދާރީވަނިވި މުއަސްސަސާތަކަށް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެ ފަހު ސިޔާސަތަކަށް ވަޒީރު ވިދާޅުވީ، ލޯކަލް ގަވަރމެންޓާއި ކައުންސިލްތަކާއި ސަރުކާރު ގުޅުވާލަދިނުމަށް މަސައްކަތްކުރުން ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ދައުރުގެ މިހާ ހިސާބަށް އައިރު ގާތްގަނޑަކަށް ހުރިހާ ކައުންސިލްތަކާއި އެމަނިކުފާނު ބައްދަލުކުރަށްވައިފި ކަމަށާއި ރާއްޖެއިން ބޭރަށް ވަޑައިގެންނެވިޔަސް އެގައުމެއްގައި ތިބި ދިވެހިންނާއި އެމަނިކުފާނު ބައްދަލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ އެކި އޮފީސްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުވަތަ ސަރުކާރުގެ އޮފީސްތަކާ ބެހޭގޮތުން އާންމުން ހުށަހަޅާ ޚިޔާލުތަކާާއި ގުޅިގެން ވެސް އެމަނިކުފާނު ދެއްވާ ޖަވާބުތަކަށް ބަލާއިރު އަޅުގަނޑުހިތުން، އަޅުގަނޑުމެން މިނިސްޓްރީން ވެސް އަޅުގަނޑުމެން ވަރަށް ހުށިޔާރުވާންޖެހޭ ކަންތައްތަކެއް އެބަހުރި. އެނގިވަޑައިގަންވާނެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވާނެ އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭގޮތަކަށް ރައްޔިތުންގެ ކަނބޮޑުވުންތަކަކަށް އަޅާނުލެވޭގޮތަކަށް އެއްވެސް ކަމެއް އޮންނާކަށެއް،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ ނިމިދިޔަ ފިތުރު ޢީދުގައި ރައްޔިތުންނާއި އެކު ހޭދަކުރެއްވި ވަގުތަށް ބަލައިލިކަމުގައިވިޔަސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންނާއި އެކުގައި ވާކަން ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު