ENGLISH

12 ޖުލައި 2025

Advertisement

ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފަސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 އޭޕްރީލު 2025

|

އައިޝަތު ނަޖާ

އިމިގްރޭޝަން އިން ބިދޭސީންނާ ވާހަކަ ދައްކަނީ- ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބިދޭސީންތައް އަތުލައިގެންފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެ ފޭސް ދޭއްގައި ހުރި ހަތަރު ކެފޭއެއް ބެލުމަށް ފަހު ކަމަށެވެ.

މީގެއިތުރުން، އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ އޮޕަރޭޝަނެއްް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، މާލޭގެ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންނާ ސުވާލުކޮށް، ގަވާއިދާ ޚިހިލާފަށް އުޅޭ އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންތަކުގައި ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ބައިވެރިވެއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު