ENGLISH

18 އޭޕްރީލު 2025

Advertisement

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 153،689 ރުފިޔާ

10 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ފުޓުބޯޅަ ކުލަބު ލިވަޕޫލާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ހިންގާ ކެމްޕެއިން ފައްޓަވަައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 153،689 ރުފިޔާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. 

ހިނގަމުންދާ އޭޕްރީލު މަހުގެ އެއްވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި ލިވަޕޫލުގެ ޓްރެއިނިން ސެންޓަރުކަމަށްވާ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވަައި، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާއި، ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަަށް ފުރުސަތުތައް ފަހިކުރެވޭނެ ގޮތްތަކާމެދު ރައީސް މަޝްވަރާކުރެއްވިއެވެ. 

މި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަަން އިސްތިހާރުކުރުމުގެ ހަރަކާތް ފެށި މެޗުކަމަށްވާ ލިވަޕޫލާއި އެވަޓަން ބައްދަލުކުރި ޕްރިމިއާ ލީގުގެ މެޗު ރައީސް ބައްލަވަައިލެއްވިއެވެ. 

އަދި މި ދަތުރުފުޅުގައި ރައީސްވަނީ ލިވަޕޫލުގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރައްވާފައެވެ. އަދި ލީޑްސްއަށް ވަޑައިގެން އިނގިރޭސިވިލާތުގައި ތިބި ހުރިހާ ދިވެހި ދަރިވަރުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އެކުދިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެ ދަރިވަރުން ތަހައްމަލުކުރާ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ. 

އޭގެ އިތުރަށް އެމަނިކުފާނު ކިޔަވައިވިދާޅުވި ޔުނިވާސިޓީކަމަށްވާ ލީޑްސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގެ ވެރިންނާ ރައީސް ބައްދަލުކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރައީސްގެ މި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ 153،689.92 ރުފިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު