ENGLISH
18 އޭޕްރީލު 2025
ހުރިހާ މުއާމަލާތެއް ވެސް ކުރީ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށް: މޯލްޑިވް ގޭސް
10 އޭޕްރީލު 2025
|
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (ފޮޓޯ/ މޯލްޑިވް ގޭސް)
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭހުން ހުރިހާ މުއާމަލާތެއް ވެސް ކުރަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ މިގޮތަށް ވިދާޅުވީ، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޯބަރގައި ދެއްކި އެޑްވާންސަށް ވީ ފައިސާއެއް ވީނުވީއެއް ނޭނގި ގެއްލުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ނެވެ.
މި މައްސަލަ އާއްމުންގެ ސަމާލުކަމަށް އައީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަމި މައްސަލައާ ގުޅިގެން ވާހަކަދެއްކެވުމުން ނެވެ. ނާޒިމް ތުހުމަތު ކުރައްވާ ގޮތުގައި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލުނުއިރު، އެ ގޭސް ޝިޕްމެންޓް ވެސް ރާއްޖެއަށް ލިބިފައެއް ނުވެ އެވެ. އަދި އެ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތަށް އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މޯލްޑިވް ގޭހަށް ކުރެވިފައިވާ ތުހުމަތުތަކާށް ރައްދުދެއްވަމުން އަބްދުﷲ ވިދާޅުވީ އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަނީ، އެ ކުންފުނީގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އިސްކަންދީގެންނ ކަމަށާއި އެކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ވެސް ހަމަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ މުއާމަލާތެއް ވެސް ކޮށްފައިވާނީ "ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށްކަން ކަށަވަރު"ވާ ކަމަށެވެ.
"ކޮންމެ މީހަކު ވެސް އެމީހަކު ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ހާސިލްނުވުމަކީ ކަންކަން ހަގީގަތް އޮޅޭގޮތަށް އަނެކާގެ އަބުރު ގެއްލުވާލަން އޮތް ފުރުސަތަކަށް ނުހެދުމަށް އަޅުގަނޑުގެ ނަފުސަށާއި ތިމަ އެންމެތަކުންނަށް ނަސޭހަތްތެރިވެ އިލްތިމާސްކުރަން" އަބްދުﷲ ވިދާޅުވި އެވެ.