ENGLISH
18 އޭޕްރީލު 2025
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ މުލަކަށް: މެޓް
10 އޭޕްރީލު 2025
|
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ މ.މުލަކަށްކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މުލަކަށް 53.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 42.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓުން އާންމުކޮށްފައިވާ މަޢުލޫމާތުގައި، އެންމެ ބޯކޮށް ވާރޭވެހުނު ސަރަޙައްދުތަކުގެ ތެރޭގައި:
1. މ. މުލަށް - 53.5 މިލިމީޓަރު
2. ހުޅުލެ - 42.7 މިލިމީޓަރު
3. ލ. ކައްދޫ - 35.2 މިލިމީޓަރު
4. ހުޅުމާލެ - 30.7 މިލިމީޓަރު
5. މާލެ - 29.5 މިލިމީޓަރު
6. ވ. ރަކީދޫ - 22.0 މިލިމީޓަރު
މިއަދުގެ މޫސުމާ ގުޅޭގޮތުން މެޓުން ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުމުގެ ފުރުޞަތު އޮތް ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ ބާރުމިނާ ގުޅޭގޮތުން މެޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ. ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މާދަމާއިން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށްވެސް މެޓު އޮފީހުން ލަފާކުރެއެވެ. ނަމަވެސް، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.