ENGLISH
18 އޭޕްރީލު 2025
ގިނަ އަދަދެެއްގެ ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
10 އޭޕްރީލު 2025
|
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަންގެ ދަށުން އަތުލައިގަނެފައިވާ ތަކެތި- ފޮޓޯ: ފުލުހުން
ގިނަ އަދަދެއްގެ ބަނގުރަލާއެކު ރޭ ދެ ބިދޭސީން ހައްޔަރުކޮށްފައިވާކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ދެ ރައްޔިތެކެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 9:55 ހާއިރު ހުޅުމާލޭގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ރާ އުފުލާކަމަށް ޝައްކުކުރެވޭ އުޅަނދެއް ހުއްޓުވައި ބަލައިފާސްކުރިއެވެ. އެ އުޅަނދުން ރާ ކަމަށް ބެލެވޭ 54 ފުޅި ފެނިފައިވާކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދިނެވެ.
ފުލުހުން އިތުރަށް ބުނީ މި ފުޅިތައް ފެނިފައިވާ އުޅަނދު މިހާރު ޓޯކޮށްފައިވާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.