ENGLISH

18 އޭޕްރީލު 2025

Advertisement

ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒު ފޯރިވިގޮތަށް ރައީސް މުޢިއްޒު އެކަން ނުކުރައްވާނެ: ފަލާޙް

09 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު -- ފޮޓޯ: މަޖިލީސް

ކުރިން ރައީސުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވި ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ނުފޯރުވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެ އެވެ.

ފަލާޙް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޖަލްސާ ނުބާއްވަނީ ސީދާ ރައީސް މުޢިއްޒުގެ އަމުރަށެވެ.

އެ ވާހަކަތައް ދޮގު ކުރައްވާ ފަލާޙް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވަން ރައީސް މުޢިއްޒު އަމުރުކުރައްވަންވީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު ކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީސް ހިންގަވަނީ ރައީސް މުޢިއްޒުތޯ ފަލާހު ސުވާލު ކުރެއްވި އެެވެ.

އެ ދޮގު ފެތުރި އެއް މެންބަރު ކަމަށްވާ މީކާއީލް ނަސީމަށް ރައްދު ދެއްވާ ފަލާޙް ވަނީ މަޖިލީހަކީ ހަމައެކަނި ފްލޯގައި މަސައްކަތް ހިނގާ ތަނެއް ނޫންކަން މީކާއީލަށް ހަނދާން ކޮށްދެއްވާފަ އެވެ. އަދި އިއްޔެ އާއި މިއަދު ވެސް މަޖިލީހުގެ ކޮމެޓީތަކުގައި މަސައްކަތް ހިންގާފައިވާކަން ފާހަގަ ކުރެއްވި އެވެ.

"ކުރިން ރައީސުން މަޖިލީހަށް ނުފޫޒުފޯރުވިގޮތަށް ރައީސް މުޢިއްޒު އެކަމެއް ނުކުރައްވާނެ. ތިވަރަށް ރައީސް އަކާ އަޅައިގަންނާކަށް ނުވާނެ،" ފަލާޙް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު