ENGLISH

18 އޭޕްރީލު 2025

Advertisement

ކުދި ގައުމުތަކުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރަން ބޭނުންވާ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

09 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ފަށާފައިވާ ޑެޓް ސަސްޓެއިނަބިލިޓީ ސަަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ޕްރޮގްރާމުން ނަތީޖާ ހާސިލުކުރެވޭނެ ކަމާމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމްއިއްޔާ (ސިޑްސް)ގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގުރޫޕުގެ ބައްދަލުވުމުގައި ކޯ ޗެއާގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޑީއެސްއެސްއެސް ވެގެންދާނީ ކުދި ޖަޒީރާ ގަައުމުތަކުގެ ދެމެހެއްޓެނެވި ތަރައްގީ މުޅިން އައު މަރުހަލާއަކަށް ގެންގޮސްދޭ ޕްރޮގްރާމަކަށް ކަމަަށެވެ. 

ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަކީ ދަރަނި އަދާކުރުމުގެ ތަކުލީފުތައް ތަހައްމަލުކުރަމުންދާ ގައުމުތައްކަން ނުވަތަ އެފަދަ ތަކުލީފުތަކެއްގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގޮންޖެހުންތަކާއެކު މޫސުމީ ބަދަލުތަކާއި، ތިމާވެށި ހީނަރުވުމާއި މާހައުލު ނުސާފުވުން ފަދަަ މައްސަލަތައް އެ ގައުމުތަކުން ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. 

އަދި ޖިއޯޕޮލިޓިކްސްއަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ފާހަގަކުރައްވަައި، ރައީސް ވިދާޅުވީ މި ބަދަލުތަކާ ފައިހަމަކުރާ ގޮތަށް ގިނަ ދައުލަތްތައް ބައިވެރިވާ ގިނަ ހިއްސާދާރުންގެ ޝާމިލުވުން އޮންނަ ހައްލުތަކެއް އައު ގޮންޖެހުންތަކާ ގުޅިގެން ވުޖޫދުކުރަންޖެހޭ ކަމަށެވެ. 

ވިލުންތެރި އުސޫލުތަކެއް އެކަށައެޅުމަށްޓަކައި ރާއްޖެއިން ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ހުށަހަޅާފައިވަނީ އައު ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެ ސަބަބަށްޓަކައި ރައީސްވަނީ ކޮންމެ ގައުމެއްގެ ޚާއްސަ ހާލަތްތަކަަށް ރިއާޔަތްކޮށްގެން ކޮންމެ ގައުމެއްގެ ބޭނުންތަކަށް ބަލައިގެން ހައްލުތައް އެކުލަވައިލުމަށް ބާރުއަޅުއްވާފައެވެ. މިފަދަަ އުސޫލެއް ގާއިމުކުރެވި، ވިލުންތެރިކަން ބިނާކުރުމާއި ދަރަންޏަށް ލުއިދިނުމާ ގުޅުވައިލެވި، ދެމެހެއްޓެނެވި ތަރައްގީއަށް ބޭނުންވާ ޖާގަ ފަހިކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކުރިއަަށް އޮތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމެންޓަކީ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމުގައި ޑީއެސްއެސްއެސްގެ އަހަންމިއްޔަަތު ފާހަގަކުރުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ލިބުން މުހިއްމު ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު