ENGLISH

18 އޭޕްރީލު 2025

Advertisement

އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމަކީ ޒުވާނުންނަށް އަގުހުރި ފުރުސަތެއް: މިނިސްޓަރ

09 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތް ދޭންފެށި ކުންފުނި، ދިރާގުން ހިންގަމުންދާ އެޕްރެންޓިސް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިރާގު އެޕްރެންޓިސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދިރާގުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު، ތައުލީމީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެއްގޮތަށް އަދި އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އޭލެވެލްގެ ފުރުސަތު 77 އިންސައްތައަށް ފުޅާކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ޔުނިވަރސިޓީތަކަށް އިތުރު ދަރިވަރުން ވަނުމަށާއި، ގާބިލު މަސައްކަތްތެރިން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ކާމިޔާބީއާއެކު، އެހެން ކުންފުނިތަކުން ވެސް މިފަދަ ޕްރޮގްރާމްތައް ތައާރަފުކުރުމަށް ހިތްވަރުދެއްވަމުން، މިއީ ޒުވާނުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ގައުމަށް މީގެ ހަގީގީ މަންފާ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުމުގެ މަގްސަދުގައި ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާކެޓިން، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު