ENGLISH
18 އޭޕްރީލު 2025
ކުނި މެނޭޖުކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި
09 އޭޕްރީލު 2025
|
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ނިޒާމް އާއި ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބް އާއެކު ބޭއްވި ބައްދަލުވުން-- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ
ކުނި މެނޭޖްކުރުމުގެ ދާއިރާގައި، ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށާއި، އެކަމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ނިޒާމް އާއި ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބް މަޝްވަރާ ކުރައްވައިފިއެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކުނި މެނޭޖްކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް) ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންދީފަ އެވެ.
މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.