ENGLISH
13 ސެޕްޓެމްބަރު 2025
ދޮޅު އަހަރުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް
09 އޭޕްރީލު 2025
|
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް: މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ގެނެސްފައިވޭ -- ފޮޓޯ: ދަ އެޑިޝަން
މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ޙަލީމް ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ މިދިޔަ 16 ވަރަކަށް މަސްތެރޭ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަަތްތަކާއި އެ ދެ ހޮސްޕިޓަލުން ދޭ ޚިދުމަތް ފުޅާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފަ އެވެ.
ޙަލީމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކޮށްފައިވަނީ ރައްޔިތުން ބަލައިގަންނަ ފަދަ އިތުބާރު ކުރެވޭ ޚިދުމަތްތަކެއް އަވަހަށް ފޯރުކޮށްދިނުމެވެ. ޚާއްސަކޮށް ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު އިތުރުވަމުންދާތީ ކިއުތައް ކުޑަކޮށް އަވަހަށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވުނު ކަން ފާހަގަ ކުރެއްވި އެވެ.
އެ ގޮތުން އިސްރަށްވެހީންނަށް ޚާއްސަ ކްލިނިކްތަކެއް ޤާއިމު ކުރުމާއި އިމާޖަންސީއަށް އޮތް ބާރު ކުޑަކުރުމަށް ޝޯޓް ޓު ސްޓޭ ނަމުގައި ރޫމެއް ޤާއިމުކުރުން ފާހަގަ ކުރެއްވި އެވެ. ޙަލީމް ވިދާޅުވީ އެ ބަދަލާއެކު ޚިދުމަތް ހޯދުމަށް އާންމުން ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރެވި ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ.
މީގެ އިތުރުން ކުޑަކުދީންނަށް ޚާއްސަ އީއާރެއް ޤާއިމު ކުރުން ޙަލީމް ފާހަގަ ކުރެއްވި އެވެ. ޙަލީމް ވިދާޅުވި ގޮތުގައި އެ ބަދަލަކީ ރައްޔިތުން ވަރަށް އުފަލާއެކު ބަލައިގަތް ބަދަލެކެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމްޓީވީ
ޙަލީމް ވިދާޅުވި ގޮތުގައި މިދިޔަ ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް ކުޑަކުދީންގެ ޚާއްސަ އީއާރުން 10,000 ވުރެ ގިނަ ކުޑަކުދީން ވަނީ ޚިދުމަތް ހޯދާފަ އެވެ.
އައިޖީއެމްއެޗްގެ އީއާރަކީ އަބަދުވެސް ވަރަށް ބާާރުބޮޑު ތަނެއް ކަން ފާހަގަ ކުރައްވާ ޙަލީމް ވިދާޅުވީ ކުޑަކުދީންނަށް ޚާއްސަކޮށް އީއާރުގެ ޚިދުމަތް ފެށުމަކީ ބެލެނިވެރީންގެ ވަރަށް ބޮޑު އުންމީދެކެވެ. އަދި އެ އުންމީދު ހާސިލުވެގެން ދިޔައީ ބެލެނިވެރީން އެންމެ އެދޭ ގޮތަކަށް ކަން ފާހަގަކުރެއްވި އެވެ.
"ކުޑަކުދީންނަށް ޚާއްސަ ޚިދުމަތްތަކެއް ދެވޭ ގޮތަށް ޗައިލްޑް ފްރެންޑްލީ އެންވައިރަމަންޓެއްގައި މި ޚިދުމަތް ދެވޭ ގޮތަށް އަދި ކޮންމެ ވަގުތަކު ވެސް ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރެއް ހުންނަ ގޮތަށް މި ޚިދުމަތް މި ފޯރުކޮށްދެނީ،" ހަލީމް ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން ހުރިހާ ދިވެހިންނަށް ހިލޭ މެޑިކަލް ޗެކަޕު ހެދޭނެ އިންތިޒާމު ވެސް ހަމަޖެއްސީ މި ސަރުކާރުންނެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން އިންތިޒާމު ވެގެން މި ޚިދުމަތް ފެށުމަށް ފަހު ޖުލައި 10، 2024 އިން ފެށިގެން ހުރިހާ ދިވެހީންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
ޙަލީމް ވިދާޅުވި ގޮތުގައި މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުމަކީ ވެސް ހޯދުނުގެ ބޮޑު ކާމިޔާބެކެވެ. އަދި އަހަރަކު ދެ ފަހަރު ހިލޭ އެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު އެ ޚިދުމަތް ހޯދާފައިވާކަން ޙަލީމް ފާހަގަ ކުރެއްވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ތަރައްގީކޮށްފައިވާ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެވެ. ނަމަވެސް މިދިޔަ ފަސް އަަހަރުތެރޭ އެ ހޮސްޕިޓަލްގެ ގިނަ ފްލޯތަކެއް ހުރީ ބޭނުން ނުކޮށެވެ.
އެކަމުގެ ސަބަބުން އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ގިނަ ވަސީލަތްތައް ހުރީ ހަލާކުވާން ކައިރިވެފަ އެވެ.
ޙަލީމް ވިދާޅުވި ގޮތުގަައި ވަރަށް ބޮޑު އިސްކަމެއް ދީގެން އަލުން ދަރުމަވަންތަ ޚިދުމަތަށް ގެނައުމަށް މަސައްކަތްކޮށް މިހާރު ވަނީ އެ ހޮސްޕިޓަލްގައި މުހިންމު ޚިދުމަތްތަކެއް ދޭން ފަށައިފަ އެވެ. އެ ގޮތުން ކެތު ލެބްގެ ޚިދުމަތް ފެށުން ފާހަގަ ކުރެއްވި އެވެ.
އަދި އައިސީޔޫގެ ޚިދުމަތް ފަށާ ނިއުރޯ ސާޖަރީގެ ޚިދުމަތް ފުޅާކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ސްޓްރޯކް ސެންޓަރުގެ ޚިދުމަތްފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ހުރި ހަތަރު އޮޕަރޭޝަން ތިއޭޓަރު އަލުން މަރާމާތުކޮށް ވަރަށް ބޮޑަށް ތަަރައްޤީ ކޮށްފައިވާ ކަމަށާ އޭގެ ފަހުން 2,400 ވުރެ ގިނަ ސާޖަރީ ހަދާފައިވާކަން ޙަލީމް ފާހަަގަ ކުރެެއްވި އެވެ.
އަދި މެޑިކަލް އެއާގެ އާ ޕްލާންޓެއް ބެހެއްޓި ޚިދުމަތް ފުޅާކޮށްފައިވާއިރު ސީއެސްޓީއެއް ޤާއިމުކުރެވިފައިވާކަން ވެސް ޙަލީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.