ENGLISH
12 ޖުލައި 2025
ތެލަސީމިއާ ގާނޫނާ އެއްގޮތަަށް ބްލަޑް ސާވިސަސްއަށް ޑީޖީއެއް ހޯދަން އިއުލާނުކޮށްފި
09 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ތެލެސީމިޔާ ގާނޫނާ އެއްގޮތަށް މޯލްޑިވްސް ބްލަޑް ސާވިސަސްއަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަަސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ހިދުމަތުގައި ޑިރެކްޓާ ޖެނެރަލެއް ނެތި ގިނަ ދުވަސް ވެފައިވަނިކޮށް އެ ސެންޓަރަށް ޑީޖީއެއް އައްޔަންކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތެލެސީމިޔާ ސެންޓަރަށް ކުރެއްވި ޒިޔާރަަތަށް ފަހުއެވެ.
އެހެންނަމަވެސް އެތަނުގައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމަށް އެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ލިބިފައިވާ ޑިރެކްޓާ ޖެނެރަލެއް ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އެތަނަށް އަައްޔަންކުރަންޖެހެއެވެ. އެގޮތުން ސަރުކާރުން މިއަދުވަނީ އެތަނަށް ޑީޖީއެއް އައްޔަންކުރުމަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލާފައެވެ.
34،418 ރުފިޔާ މުސާރައާއި އެލަވެންސްގެ ގޮތުގައި ލިބޭ އެ މަގާމުގެ ޒިންމާތަކުގެ ތެރޭގައި އެމްބީއެސްގެ ހިދުމަތްތައް ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮސީޖާތައް އިންތިޒާމުކުރުމާއި، ތެލަސީމިއާ ކޮންޓްރޯލުކުރުމަށް ހިންގަންޖެހޭ ޕްރޮގުރާމުތައް ކަނޑައަޅައި، އެ ޕްރޮގުރާމުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ތަންފީޒުކުރުމުގެ މިންގަނޑުތަކާއި ހިންގާނެ ހަމަތައް ކަނޑައެޅުން ހިމެނެއެވެ.
އޭގެ އިތުރަށް އެމްބީއެސް ހިންގުމަށް ދިމާވާ ދަތި ކަންތައްތައް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓުމެންޓުތަކާ ޑިވިޜަންތަކާ ކޯޑިނޭޓުކޮށްގެން ހައްލުކުރުމާއި، ތެލަސީމިއާއާ ގުޅުންހުރި އެހެނިހެން ބަލިތައް ކޮންޓްރޯލުކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫއުތައް ރާވައި ހިންގުމަކީވެސް ޑީޖީގެ ޒިންމާއެކެވެ.
މި މަގާމުގެ ޝަރުތެއްގެ ގޮތުގައި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގަައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާގައި ހޭދަކޮށްފައިވުން ހިމެނެއެވެ.
އޭޕްރީލު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އީމެއިލްގެ ޒަރީއާއިން ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަައިވެއެވެ.