ENGLISH

12 ޖުލައި 2025

Advertisement

15 އަތޮޅެއްގައި އެމްޓީސީސީގެ 62 ޕްރޮޖެކްޓް މިހާރު ވެސް ކުރިއަށް ގެންދޭ

09 އޭޕްރީލު 2025

|

އަހުމަދު ސައީދު

ރ. ކިނޮޅޮހުގެ ގޮނޑުދޮށް ޖިއޯ ބޭޖް ޖަހައިގެން އެމްޓީސީސީން ހިމާޔަތްކޮށްފައި-- ފޮޓޯ/އެމްޓީސީސީ

މި ވަގުތު ވެސް ރާއްޖޭގެ 15 އަތޮޅެއްގައި ޖުމްލަ 62 ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

ރާއްޖޭގެ އުމްރާނީ ތަރައްގިއަށް ހިންގޭ މަޝްރޫތަކުގެ ތެރެއިން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުގައި އަދާހަމަކުރަމުން ގެންދެއެވެ. އެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި މި ވަގުތު އެންމެ ގިނަ ޕްރޮޖެކްތައް ހިނގަމުންދަނީ ހއ. އަތޮޅާއި ނ. އަތޮޅުގައެވެ. މިއިން ކޮންމެ އަތޮޅެއްގައި ވެސް އަށް ޕްރޮޖެކްޓް ހިނގަމުންދެއެވެ. މިވަގުތު އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުދަނީ ޅ، އދ، ވ. އަދި ދ. އަތޮޅުގައެވެ. 

އެމްޓީސީސީގެ ވެބްސައިޓުގައިވާ މައުލޫމާތުން ދައްކާ ގޮތުގައި 16 އަތޮޅެއްގައި ޖުމްލަ 41 ޕްރޮޖެކްޓެއްގެ މަސައްކަތް އަދި ނުފެށިވާއިރު، 17 އަތޮޅެއްގައި 43 ޕްރޮޖެކްޓެއްގެ މަސައްކަތް މަޑުޖެހިފައިވެއެވެ. އަދާހަމައަށް ބަލާއިރު، އުމްރާނީ ތަރައްގީގެ 146 ޕްރޮޖެކްޓެއް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވެއެވެ. 

ސަރުކާރުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް އެމެޓީސީސީ އާ ހަވާލުކޮށްފައިވެއެވެ. ކުރީ ސަރުކާރުން ތަފާތު ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ހުއްޓިފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު