ENGLISH
12 ޖުލައި 2025
އަށް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި، ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމުގައި ލަފާކުރެވޭ
09 އޭޕްރީލު 2025
|
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތިން، ފޮޓޯ: ފައިލް
ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމުގައި ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު ފަހު 14:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންދާޒާކުރާ ގޮތުގައި އެ ވަގުތުގައި ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ގުގުރާނެކަމަށާއި، ވައިގަދަވާނެ ކަމުގައިވެސް އެ އިދާރާއިން ލަފާކުރެއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެއެވެ.
މިއަދު 10.45 ހާއިރުން ފެށިގެން މާލެއަށް ބޯކޮށް ވިއްސާރަވެ ވާރޭވެހެމުންދާއިރު މާލޭގެ ބައެއް މަގުތަކުގައި މިހާރުވެސް ފެން ބޮޑުވެފައިވެއެވެ.
ވިއްސާރަވެ މޫސުން ގޯސްވެފައިވާއިރު އިއްޔެއަކީ އައްސިދަ ނަކަތުގެ ފުރަތަމަ ދުވަހެވެ. އައްސިދަ ނަކަތަކީ އިރުވައި މޫސުން ނިމުމަށްފަހު ހުޅަނގު މޫސުން ފެށޭ ދުވަހެވެ.