ENGLISH

17 އޭޕްރީލު 2025

Advertisement

އައިޖީއެމްއެޗަށް 75 އެނދުު؛ ސީއީއޯ ގަބޫލުކުރައްވަނީ އެއީ ގިނަ ގޮންޖެހުންތަކެއްގެ ހައްލު ކަމަށް

08 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް (ފޮޓޯ/ އެމްއެމްޓީވީ)

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އަލަށް ގާއިމުކުރާ 75 އެނދުގެ ވޯޑާއެކު އެ ހޮސްޕިޓަލުގައި މިހާރު ޚިދުމަތްތައް ދިނުމުގައި ހުރި ގިނަ ދަތިތަކަށް ހައްލެއް އަންނާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

އަބްދުއްރައްޒާގް ހަލީމް މިގޮތަށް ވިދާޅުވީ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އައިޖީއެމްއެޗަށް އިތުުރުކުރާ ޖެނެރަލް ވޯޑުގެ 44 އެނދާއި، ހައި ޑިޕެންޑެންސީ (އެޗްޑީޔޫ)ގެ 15 އެނދާއި 14 ޕްރައިވެޓް ކޮޓަރީގެ އިތުރުން ބާން ޔުނިޓުގެ 2 އެނދާއެކު އެ ހޮސްޕިޓަލްގެ ޚިދުމަތްތަކަށް އަންނާނެ ބަދަލުތަކާ ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުންް ހަލީމް ވިދާޅުވީ މި މަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި އަންނަ މަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ހަލީމް ގަބޫލުކުރައްވާ ގޮތުގައި މިފަދަ ބޮޑު މަޝްރޫއުގެ ނަތީޖާއަކަށްވާނީ  ހޮސްޕިޓަލަށް ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ގޮންޖެހުންތައް ވަރަށް ބޮޑަށް ހައްލުވުމެވެ. 

"އަޅުގަނޑުމެންގެ ސާޖަރީސްތައް ލަސްނުވެ، ޝެޑިއުލްކުރެވިގެން ބޭނުންވާ ދުވަހަށް ސާޖަރީީ ހެދި، އެޑްމިޓް ކުރެވޭނެ އެވެއިލެބްލް ވެގެން. މީގެން ވެސް ޔަގީންވާ ކަމަކީ ހޮސްޕިޓަލްގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ. ހަމައެއާއެކީގައޮ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިދާނެ" ހަލީމް ވިދާޅުވި އެވެ.

މިހާރު 350 އެނދު ހުންނަ އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ޑިމާންޑު ބޮޑު ހޮސްޕިޓަލެވެ. ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެނދު ނުވަތަ ޖާގައިގެ ދަތިކަމެވެ.

ކިޔުންތެރިންގެ ހިޔާލު