ENGLISH
17 އޭޕްރީލު 2025
އެމްޓީސީސީގެ ބޯޑް މެންބަރު ކަަމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި
08 އޭޕްރީލު 2025
|
އެމްޓީސީސީގެ އަހަރީ ބަދަލުވުމެއް -- ފައިލް ފޮޓޯ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ބުނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ހުޅުމާލެ، ހިޔާ، 8-01-04 ޔާސީން ޙުސައިން މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އެމްޓީސީސީގެ އެންމެ އިސް މަޤާމަށް ވެސް މީގެ ކުރީން ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަޙްމަދު ސައުދީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ކުރީން އެ މަޤާމުގައި ހުންނެވި އަބްދުﷲ ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ވަނީ ބަދަލު ކުރައްވާފަ އެވެ.
މީގެ އިތުރުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ސިނާން އަލީ ވެސް ވަނީ އައްޔަނުކޮށްފަ އެވެ.