ENGLISH
12 ޖުލައި 2025
ބިދޭސީން އުޅޭ ގެތަކެއް ބަލާ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
08 އޭޕްރީލު 2025
|
މޯލްޑިވްސް އިމިގްރޭޝަންގެ އޮޕަރޭޝަނެއް -- ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން ގައި އިތުރު ތަންތަން ބަލާ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި މަސައްކަތަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޚާއްސަ ޓާސްކު ފޯހެއް އެކުލަވާލާފަ އެވެ. އެއްވެސް ހުއްޓުމެއް ނެތި ސިލްސިލާ ގޮތެއްގައި މި އޮޕަރޭޝަންތައް ކުރިއަށްގެންދެއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ އަށް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.
މިއީ ފަހުގެ ތާރީޚެއްގައި މިފަދައިން އިންތިޒާމުވެގެން އަދި މިފަދަ ހަރުދަނާ ގޮތެއްގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރެވެ. މި ސަރުކާރުން ފެށި މި މަސައްކަތާއެކު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވި ބިދޭސީ ނެޓްވޯކްތަކުން ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތަކާއި މަސައްކަތްތައް ހުއްޓުވޭނެ އެވެ. މިހާތަނަށް ވެސް އެފަދަ އެތައް ވިޔަފާރިއެއް ވަނީ ހުއްޓުވާފަ އެވެ.
ބިދޭސީން ހިންގާ ބައެއް ވިޔަފާރިތަކަކީ ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކުގެ އިތުރުން އެއީ އެއްވެސް އުސޫލެއް ނެތި ވަރަށް ނުތާހިރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ހިންގަމުންދިޔަ ވިޔަފާރިތަކެކެވެ.
އިމިގްރޭޝަންގެ މި މަސައްކަތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ.