ENGLISH

17 އޭޕްރީލު 2025

Advertisement

ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި

08 އޭޕްރީލު 2025

|

އައިޝަތު ނަޖާ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ހާދިސާގައި އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ. 

އެގޮތުން އައިޖީއެމްއެޗް ގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަންހެން މީހާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފައެވެ. އޭނާ ނީޔާވީ ބޭރުން ބާން ސްޕެޝަލިސްޓެއް ވެސް ގެނެސްފައިވަނިކޮށެެވެ.

އޭގެ ފަހުން ވެސް ފިރިހެން މީހާގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗް އިން އެމްއެމްޓީވީއަށް މައުލޫމާތު ދީފައިވެއެވެ. މީގެ ދެ ދުވަސް ކުރިން އައިޖީއެމްއެޗް އިން ބުނީ، އެ ފިރިހެން މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. ނަމަވެސް އައިސީޔޫގައި ފަރުވާދެމުންދާކަމަށެވެ.

މި ހާދިސާ މެދުވެރި ގޮތް އަދިވެސް އެނގިފައި ނެތްކަމަށް ކަމާއި ބެހޭ އިދާރާތާކުން މައުލޫމާތު ދީފައިވެއެވެ.  މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު