ENGLISH

12 ޖުލައި 2025

Advertisement

ފަސް މިިލިއަން ގަސް މަޝްރޫއުގެ ދަށުން މިހާތަނަށް ބައި މިލިއަން ގަސް އިންދައިފި

08 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކަނޑައަޅާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 498،968 ގަސް އިންދާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފިއެވެ. 

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހް ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ގައުމީ ޕްރޮގްރާމެކެވެ. 

އެ ވުޒާރާއިން މިއަދު ވަނީ ގަސް އިންދުމުގެ އެންމެ ފަހުގެ އަދާހަމަ އާއްމުކޮށްފައެވެ. ގާތްގަނޑަކަށް ބައި މިލިއަނެއްހާ ގަސް އިންދުމަށްފަހު އެ ވުޒާރާއިން ބުނީ އިންދާ ކޮންމެ ގަހަކުން ރާއްޖޭގެ ފެހިކަން ގަދަވެ ދުޅަހެޔޮ ރާއްޖެއަކަށް މަގުފަހިވާކަމަށެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނީ މަޝްރޫއުގެ ދަށުން ހިންގާ ގަސްތައް ބަލަހައްޓަން ވަކި ޔުނިޓެއް ގާއިމްކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މުޅި ރާއްޖޭގައި ޖުމްލަ 5،219،456 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގައި ސަރުކާރާއެކު ބައެއް ކުންފުނިތައް ވެސް ވަނީ ރަސްމީކޮށް ބައިވެރިވެފައެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއް މިލިއަން ގަސް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެސްޑީއެމް ފާމުން 750،000 ގަސް ހެއްދުމަށް ހަމަޖެހިފައިވާއިރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން 600،000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ސްޓެލްކޯއިން 500،000 ގަސް އިންދާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، އަތޮޅުތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ރިސޯޓުތަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގައި އަންނަނީ ބައިވެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު