ENGLISH
12 ޖުލައި 2025
ހަނިމާދޫގައި ގާއިމުކުރާ މިސްކިތް ނިންމުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
08 އޭޕްރީލު 2025
|
އެމްޓީސީސީ އާއެކު ސޮއި ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ބޭއްވި ރަސްމިއްޔާތު- ފޮޓޯ: އެމްޓީސީސީ
ހދ. ހަނިމާދޫގައި އަޅަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މިސްކިތް ގާއިމުކުރަނީ 7،933 އަކަ މީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ.
މި މަޝްރޫއަކީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެއްކަން އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫއާއެކު ނަމާދު ކުރާނެ ރަނގަޅު ފެންވަރުގެ މިސްކިތެއް ހަނިމާދޫގައި ގާއިމުކުރެވިގެން ދާނެ ކަމަށެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ނައިބު އިބްރާހިމް އާސިމްއެވެ.