ENGLISH

17 އޭޕްރީލު 2025

Advertisement

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

08 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު މިއަދު ނެރެފިއެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 5:00 އިން މިރޭ 23:00 އާ ހަމައަށެވެ. 

އެ އިދާރާއިން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 8:45 އިން 14:00 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދުސަމާލު ނެރެފައެވެ. އޭގެފަހުން މިއަދު މެންދުރު ފަހު 14:00 އިން 18:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވެސް ހުދު ސަމާލު ދަމަހައްޓާފައިވެއެވެ.  

މޫސުން ރަނގަޅު ދުވަސްވަރަކަށް ފަހު މޫސުން ގޯސްވެ ކަނޑުތައް މިހާރު ވަނީ ގަދަވެފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ "ޓްރަފް" އަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު