ENGLISH

17 އޭޕްރީލު 2025

Advertisement

ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް

08 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ލ. ފޮނަދޫގެ މައި މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން..ފައިލް ފޮޓޯ/ އެމްޓީސީސީ

ލ. ފޮނަދޫގެ މައި މަގުތައް ހެދުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ބުނެފިއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޭބަލް ޖަންކްޝަންތަކާއެކު ސާވިސް ލައިންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަން ކާސްޓިންގެ މަސައްކަތާއި ކަރބް ސްޓޯން އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. ކަރބް ސްޓޯން އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 73 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ލ. ފޮނަދޫގެ މައި މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން..ފައިލް ފޮޓޯ/ އެމްޓީސީސީ

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 11 މަގެއް މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން ބުނީ މުޅި މި މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު