ENGLISH

17 އޭޕްރީލު 2025

Advertisement

ދަތި ޙާލުގައި އުޅޭ ގައިދީންގެ ޢާއިލާތަކަށް ކަރެކްޝަންގެ މުވައްޒަފުން އެހީ ދީފި

08 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ދަތި ޙާލުގައި އުޅޭ ގައިދީންގެ ޢާއިލާތަކަށް ކަރެކްޝަންގެ މުވައްޒިފުން އެހީ ދިނުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. 

ކަރެކްޝަނުން ބުނީ މިއީ ރޯދަ މަހާއި ގުޅިގެން ކުރިއަށް ގެންދިޔަ އެހީގެ ހަރަކާތެއް ކަމަށެވެ.

އެގޮތުން ކޮންމެ ޢާއިލާއަކަށް 2،220 ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނަމަވެސް އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައިވަނީ 21 ޢާއިލާއެެކެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައިވަނީ 10 ޢާއިލާ އެކެވެ.

އެހީ ލިބޭ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރަށް ބަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު