ENGLISH
17 އޭޕްރީލު 2025
ސަޢުދީއާއެކު އިތުރަށް ގުޅުން ބަދަހިކުރަން ބޭނުން: ރައީސް
08 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީ ސަފީރާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ސަޢުދީ އަރަބިއްޔާއާއެކު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރު މަތުރެކް ބިން ޢަބްދުﷲ އަލް އަޖަލިން އައްދުސާރީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މިއީ ސަފީރަށް އަލްވަދާޢު ވިދާޅުވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ, ސައުދީ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރެެއްވުމަށް ދެއްވެވި އަހަންމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަފީރުގެ އެ މަސައްކަތްޕުޅުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަ ކުރެއްވި އެވެ. އަދި ސަފީރުގެ މަސައްކަތްޕުޅުގައި ކާމިޔާބަށް އެދިވަޑައިގަަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަޢުދީއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާ ރާއްޖެ އަބަދުވެސް އެ ޤައުމާއެކު ގާތުން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތްތާ އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިދިޔަ މެއި މަހު އުމްރާގެ އަޅުކަމަށް ވަޑައިގަތުމުން ސަޢުދީ ސަރުކާރުން ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށް އަދި ބެހެއްޓެވި ގާތް ކަން ފާހަގަ ކުރެއްވި އެވެ.