ENGLISH

12 ޖުލައި 2025

Advertisement

ނ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

08 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ނ. ވެލިދޫގައި އަޅަމުންދާ ޖޫނިއާރ ކޮލެޖް. --ފައިލް ފޮޓޯ: އެމްޓީސީސީ

ނ. ވެލިދޫގައި އަޅަމުންދާ ޖޫނިއާރ ކޮލެޖްގެ މަސައްކަތްތަކުގެ 36 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެކުންފުނިން ބުނީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި ރޭނުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފާރުތަކުގެ ޕްލާސްޓަރު އެޅުމުގެ މަސައްކަތް ކަމަށެވެ. ފާރުތަކުގެ ޕްލާސްޓަރު އެޅުމުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ.

ނ. ވެލިދޫގައި އަޅަމުންދާ ޖޫނިއާރ ކޮލެޖް. --ފައިލް ފޮޓޯ: އެމްޓީސީސީ

މި ކޮލެޖްއަކީ ދެ ކްލާސްރޫމާއި އައިސީޓީ ލެބަކާއި ލައިބްރަރީއަކާއި ދެ ވޯކްޝޮޕް ހިމެނޭ 10276 އަކަފޫޓުގެ ކޮލެޖެކެވެ.

މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އެމްޓީސީސީއާ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ހަވާލުކުރި މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު