ENGLISH

17 އޭޕްރީލު 2025

Advertisement

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީ

08 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް. ފޮޓޯ: ސަން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ، ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓާ ފައިނޭންސިން ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.  

ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި ފޯމް) ރަޖިސްޓްރޭޝަން އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.

ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މެއި މަހުގެ 5 ވަނަ ދުވަހެވެ. ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތާ އެކު ސޮއިކުރަން ހަމަޖެހިފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަށް އިތުރުކުރަނީ 900 އަކަފޫޓެވެ. އެ އިމާރާތް ދެ ފަންގިފިލާއަށް ތަރައްގީކުރަން ހަމަޖެހިފައިވާއިރު، އައިލެންޑް އޭވިއޭޝަނުން ވަނީ އެ ކުންފުނިން ހުށަހަޅާ ފްލޯޕްލޭން ވެސް ގެޒެޓުގައި އާއްމުކޮށްފައެވެ. ޓާމިނަލަށް ބޮޑުކުރާ އިމާރާތާއެކު ޒަމާނީ އިތުރު ހިދުމަތްތައް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ހުޅުވާލިއިރު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސަރުކާރުން ވަނީ، ހުއްޓާލާފައި އޮތް އިންޓަނޭޝަނަލް ދަތުރުތައް އެ އެއާޕޯޓަށް އަލުން ފަށައިފައެވެ. 

އިންޓަނޭޝަނަލް ދަތުރުތައް އަލުން ފެށީ އެއާޕޯޓުގެ ރަންވޭއަށް 650 މީޓަރު އިތުރުކުުރުމަށް ފަހުއެވެ. މާފަރު އިންޓަނޭޝަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ. 

އަބޫދާބީ ފަންޑުން 925 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2019 ވަނަ އަހަރު ހުޅުވި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު އެންމެ ގިނަ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. 

ކިޔުންތެރިންގެ ހިޔާލު