ENGLISH

17 އޭޕްރީލު 2025

Advertisement

ފީނަންއުޅުނު ޒުވާނަކަށް ތޮޅިއެއް ހަމަލާދީފި

08 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ބ. ތުޅާދޫ؛ މިހާދިސާގައި ޒަހަމްވެފައިވަނީ ތުޅާދޫ ފަޅުގައި ފީނަން އުޅުނު ޒުވާނަކަށް-- ފޮޓޯ:މޯލްޑިވްސް ވާޗުއަލް ޓުއާ

ބ.ތުޅާދޫ ފަޅުތެރޭގައި ފީނަންއުޅުނު ޒުވާނެއްގެ ފަޔަށް ތޮޅިއެއްގެ ތުންގަނޑުން ދިން ހަމަލާއެއްގައި ޒަހަމްވެއްޖެއެވެ.

ތޮޅީގެ ހަމަލާ ޒުވާނާއަށް އަމާޒުވީ ތުޅާދޫ ފަޅުތެރޭގައި މަސްހިފަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 11:30 ހާއިރުއެވެ.

މިހާދިސާގައި ޒަހަމްވި ޒުވާނާ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބ.ތުޅާދޫ ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އެރަށު ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން، އެއަތޮޅު އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ޒުވާނާގެ ހާލު ރަނގަޅެެވެ.

ތޮޅީގެ ހަމަލާ އަމާޒުވީ ޒުވާނާގެ ފައިގެ ފަލަމަސްގަނޑަށާއި ކަކޫ ކައިރިއަށެވެ. ފައިގެ ދެތަނެއް ޒަހަމްވެފައިވާއިރު، ތޮޅީގެ ތުންގަނޑުވަނީ ހަމަލާ އަމާޒުވި ފަޔަށް ބިނދިފައެވެ.

ދިވެހިރާއްޖޭގައި މިކަހަލަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވެއެވެ. މިގޮތުން 2018 ވަނަ އަހަރު ތޮޅީގެ ހަމަލާއެއްގައި ކަރަށް ލިބުނު ޒަހަމްތަކެއްގައި، ނ.މާޅެންދޫ ޒުވާނެއް ނިޔާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު