ENGLISH

17 އޭޕްރީލު 2025

Advertisement

ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާކުރުމާމެދު ޑަބްލިއުއެޗްއޯއާއި ޔުނިސެފާ މަޝްވަރާކޮށްފި

08 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޖެނަރޭޝަނަލް ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާ ޔުނިސެފާއެކު ހެލްތު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ

ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށް ވަކި އުމުރަކަށްވުރެ ހަނގު މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމާމެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯއާއި ޔުނިސެފާއެކު ސިއްހީ ވުޒާރާއިން މަޝްވަރާކޮށްފިއެވެ. 

ސިއްހީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ވަކި އުމުރަކަށްވުރެ ހަނގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެއެވެ. 

މިނިސްޓްރީން ބުނެފައިވަނީ އެ މައްސަލައާމެދު ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމު ޑަބްލިއުއެޗްއޯއާއި ޔުނިސެފުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މި މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. 

މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުންތަކުގައި ވަކި އުމުރެއްގެ މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާމެދު އެ އިދާރާތަކުން މަޝްވަރާއާއި ލަފާ އަރުވާފައިވާކަމަށެވެ. 

ވަކި އުމުރެއްގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން އެކުއެކީ މަނާކުރާނީ ކޮން އުމުރަކުން ފަށައިގެންތޯ ކަނޑައެޅުމުގައި ސަަރުކާރުން ތިން ވިސްނުމެއް ގެންގުޅެއެވެ. އެއީ 2000 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް ވިއްކުމާއި ބޭނުންކުރުން މަނާކުރުމެވެ. 

މި ތިން ވިސްނުމުގެ ތެރެއިން ރައްޔިތުންގެ ތާއީދު އޮތް ވިސްނުމެއް ބެެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ސޯޝަލް މީޑިޔާ ޕޯލެއް ހުޅުވައިލައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު