ENGLISH
12 ޖުލައި 2025
ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް އިމިގްރޭޝަނުގެ މަސައްކަތު ގަޑި ކުރުކޮށްފި
08 އޭޕްރީލު 2025
|
މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 8 އިން މެންދުރު ފަހު 2 އަށް، މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.
އިމިގްރޭޝަނުން މީސްމީޑިއާގައި ރޭ އާއްމުކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާގެ ގަޑި ބަދަލުކޮށްފައިވަނީ ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑިއަށް ކަމަށެވެ.
މީގެކުރިން އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ.
އިމިގްރޭޝަނުން ބުނީ ޚިދުމަތްދޭ ގަޑިއަށް ބަދަލު ގެނަޔަސް، އެ އިދާރާއިން ދެމުންގެންދާ ހުރިހާ ޚިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި އާއްމުންނަށް ލިބޭނެ ކަމަށެެވެ.
އިމިގްރޭޝަނުން ދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ޕާސްޕޯޓުގެ ޚިދުމަތްތަކާއި ވިސާގެ ޚިދުމަތްތައް ހިމެނެއެވެ.
އެ ޚިދުމަތްތައް ދިނުމާއެކު، ހުއްދަ ނެތި ރާއްޖޭގައި ދިރިއުޅެމުންގެންދާ ބިދޭސީންގެ މައްސަލަތައް ފުޅާ ދާއިރާއެއްގައި ބަލައި އެމީހުންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.