ENGLISH

17 އޭޕްރީލު 2025

Advertisement

އެމްއާރްއޭސީން ފަޅެއް ހިއްކައިގެން ތަރައްގީކުރާ ރިސޯޓުގެ މަސައްކަތް މިނިސްޓަރު ތޯރިގު ބައްލަވާލައްވައިފި

08 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އެމްއާރްއޭސީން ތަަރައްގީކުރަމުންދާ ރިސޯޓު އޮންނަ ސަރަަހައްދަށް މިނިސްޓަރު ތާރިގު ޒިޔާރަތްކުރެއްވުން، ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެމްއާރްއޭސީއަށް ރިސޯޓެއް ތަރައްގީކުރުމަށް ކ.އަތޮޅުން ދޫކޮށްފަައިވާ ފަޅުގައި މަސައްކަތް ހިނގަމުން އަންނަ ގޮތް ބައްލަވައިލެއްވުމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް އިއްޔެ އެތަނަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލައްވާފައިވެއެވެ. އެ މަސައްކަތްކުރާ ސަރަހަައްދަށް މިނިސްޓަރު ވަޑައިގަތުުން އެ މަޝްރޫއު މެނޭޖުކުރާ ޓީމުން މިނިސްޓަރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. 

މި ޒިޔާރަތުގައި މިނިސްޓަރު ތޯރިގުވަނީ އެ މަޝްރޫއުގެ މުހިއްމު ކާމިޔާބުތައް ބައްލަވައިލައްވައި، އެ މަޝްރޫއު ހިންގުމަށް ވަމުންދާ ތައްޔާރީތައް ބަައްލަވައިލައްވާފައިވެއެވެ. އެގޮތުން ހިއްކާފައިވާ ބިމުގެ ސަަރަހައްދާއި އެ ބިން ހިމާޔަތްކުރުމަށް ތޮށިލުމަށް ކުރަމުންދާ މަސައްކަތްތައްވެސް މިނިސްޓަރު ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން، ހިއްކާފައިވާ ފަސްގަނޑުގައި މިނިސްޓަރުވަނީ ރުކެއް އިންދަވާދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު