ENGLISH

17 އޭޕްރީލު 2025

Advertisement

ގެއަކަށް ވަދެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

08 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

މާލޭ ގެއެއްގެ ތެރެއަށް ވަދެ ގޭގެ ވެރިމީހާއަށް ބިރުދެއްކި މައްސަލާގައި ހައްޔަަރުކުރި ހަތަރު މީހުން، ފޮޓޯ: ފުލުހުން

މާލޭގެ ގެއަކަށް ވަދެ ގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުގައި މަސްދުވަހު ބޭތިއްބުވުމަށްފަަހު ބަންދުގެ މުއްދަތު އިތުރުނުކޮށް އިއްޔެ އެމީހުން ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. 

އެޕާޓުމެންޓަކަށް ވަދެ އެތަނުގައި ހުރި މުދަލަަށް ގެއްލުންދީ ގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރު ދިން މައްސަަލާގައި ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. އެ މީހުންނަކީ: 

އއ.މާޅޮސް، ރީތިހިޔާ، މުހައްމަދު އަފުލާހު 23 އަހަރު 

ނ.ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފު، 21 އަހަރު 

ނ.މަނަދޫ، ހަވޭލި، މުހައްމަދު އަޒާން، 23 އަހަރު 

ތ.ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21 އަހަރު 

މި މީހުންގެ ބަންދަށް މީގެ ކުރިން ދެފަހަރެއްގެ މަތިން މުއްދަތު އިތުރުކުރިއެވެ. އެގޮތުން ފުރަތަމަ އެމީހުން 15 ދުވަހަށް ބަންދުކުރުމަށްފަހު، ދެވަނަ ފަހަރަަށްވެސް 15 ދުވަސް ކޯޓުން ޖެހިއެވެ. ދެވަނަ ފަހަރު ޖެހި މުއްދަތު ހަމަވެފައިވަނީ އިއްޔެއެވެ. 

މުއްދަތު ހަމަވުމާއެކު ކުރިމިނަލް ކޯޓުން ނިންމާފައިވަނީ އިތުރަށް މުއްދަތު އިތުރުނުކުރުމަށެވެ. 

ކުރިމިނަލް ކޯޓުން ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި، އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން މިހާރު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަަލް އޮފީހަށް ފޮނުވައިފިއެވެ. މަައްސަލަ ޕީޖީ އޮފީހުން ބަލަައިގަނެފައިވާކަމަށާއި ނަމަވެސް ދައުވާކުރުމާމެދު އަދި ގޮތެއް ނިންމާފައިނުވެއެވެ. 

އެ މައްސަލާގައި ދައުުވާކޮށްފައިވާތީ ފުލުހުން ޝަރީއަތުގައި އެދުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައިވެއެވެ. 

ކޯޓުން އެމީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު