ENGLISH

17 އޭޕްރީލު 2025

Advertisement

ބަންދުގައި ބައިތިއްބަައިގެން ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދަނީ

08 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންގެންދާ ތިން މީހުން. ފޮޓޯ: ޕޮލިސް

ކްރިމިނަލް ކޯޓުން ބަލަމުންގެންދާ މައްސަލަތަކެއްގައި ހިމެނޭ ތިން މީހަކު ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބައިތިއްބަައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެމީހުން ހޯދަން އިއުލާނުކޮށްފި އެވެ. 

ފުލުހުން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ އެ މީހުން ހޯދަން އިއުލާނުކުރީ، ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. 

ފުލުހުން ބުނީ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ، މުޙައްމަދު ޙައްސާން، ކަނީރުވިލާ / ލ. މާބައިދޫ (31އ) އާއި އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް، ދަފްތަރު ނަންބަރު ރސ 5624 / މާލެ (30އ) އަދި އަސްޢަދު ޢަލީ، މ. ރިހިވިދުވަރުގެ / މާލެ (31އ) ކަމަށެވެ. 

ތިން މީހުންގެ ތެރެއިން ޙައްސާން އާއި ޝައިރަފް ހޯދަމުން ދަނީ އެމީހުންގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އޭގެތެރެއިން ޙައްސާން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭޕްރީލް 9 ވަނަ ދުވަހުގެ 10:30 އަށެވެ. އަދި ޝައިރަފް ހޯދުމަށް އަމުުރުކުރީ އޭޕްރީލް 9 ވަނަ ދުވަހުގެ 13:00 އަށެވެ.  

ފުލުހުން ބުނިގޮތުގައި އަސްޢަދު އަލީ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެންނެވެ. އަސްޢަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ 9:00 އަށެވެ. 

ފުލުހުން ބުނީ ހޯދަން އިއުލާނުކޮށްފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު