ENGLISH

08 އޭޕްރީލު 2025

Advertisement

ހިޔާގެ ހަތަރު ޓަވަރެއްގައި އިތުރު ލިފްޓް ބަހައްޓައިފި

07 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހިޔާގެ ޓަވަރުތައް -- ފޮޓޯ: އިޔާން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ހަތަރު ޓަވަރެއްގައި ލިފްޓް ބަހައްޓައިފި އެވެ.

ގާތްގަނޑަކަށް 35،000 އެއްހާ މީހުންގެ އާބާދީއެއް އޮތް 7،000 ފްލެޓު ހިމެނޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ވަޢުދެކެވެ. އެއީ ޓަވަރުތަކުގެ މީހުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ރައީސް ނިންމެވީ 16 ޓަވަރުގައި އިތުރު 32 ލިފްޓް ހަރުކުރުމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓެވެ.

އެޗްޑީސީން މިއަދު ބުނީ ހަތަރު ޓަވަރެއްގައި އަށް ލިފްޓް ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ލިފްޓްތައް ޓެސްޓް ކުުރުމުގެ މަރުހަލާ ކަމަށެވެ. މި ލިފްޓްތައް ބޭނުން ކުރަން ފެށުމުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހިިޔާ ފްލެޓުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ކުންފުނިންނެވެ. މި މަސައްކަތް ކުރަން މި އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ހަރުކުރާ ލިފްޓްތަކުގެ ތެރޭން އެއް ލިފްޓަކީ ބަލިމީހުން އަރުވައި ބޭލޭ ގޮތަށް ސްޓްރެކްޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަދި އަނެއް ލިފްޓަކީ އެއްފަހަރާ 14 މީހުންނަށް އެރޭވަރުގެ ބޮޑު ލިފްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު