ENGLISH

07 އޭޕްރީލު 2025

Advertisement

18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމު ކުރަނީ

07 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމު ކުރަން ނިންމުން -- ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ

އަށާރަ ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވާ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމު ކުރަން ނިންމާ އެއްބަސްވުން ހަދައިފި އެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ، ލިމިޓެޑާއެވެ.

އެ ކުންފުންޏާއެކު މިއަދު ވަނީ އެއްބަސްވުން ވެސް ގާއިމްކޮށްފަ އެވެ. އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ވަންގް ޔޮންގެވެ.

އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 500 ކިލޯވޮޓް އަވަރ އިން ފެށިގެން 3000 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމްތައް ޤާއިމު ކުރާނެ އެވެ.

ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރާ ރަށްތައް:

* ހދ. ހަނިމާދޫ: 2000 ކިލޯވޮޓް އަވަރ

* ށ. މިލަންދޫ: 2500 ކިލޯވޮޓް އަވަރ

*ނ. ހޮޅުދޫ: 1500 ކިލޯވޮޓް އަވަރ

* ނ. މަނަދޫ: 3000 ކިލޯވޮޓް އަވަރ

* ނ. ވެލިދޫ: 3000 ކިލޯވޮޓް އަވަރ

* ރ. އަލިފުށި: 2000 ކިލޯވޮޓް އަވަރ

* ރ. ހުޅުދުއްފާރު: 1500 ކިލޯވޮޓް އަވަރ

* ބ. ދަރަވަންދޫ: 2500 ކިލޯވޮޓް އަވަރ

* ބ. ތުޅާދޫ: 3000 ކިލޯވޮޓް އަވަރ

* މ. މުލައް: 2000 ކިލޯވޮޓް އަވަރ

* މ. މުލީ: 2000 ކިލޯވޮޓް އަވަރ

* މ. ވޭވައް: 500 ކިލޯވޮޓް އަވަރ

* މ. ރަތްމަންދޫ: 500 ކިލޯވޮޓް އަވަރ

* ތ. ގުރައިދޫ: 2500 ކިލޯވޮޓް އަވަރ

* ތ. ތިމަރަފުށި: 3000 ކިލޯވޮޓް އަވަރ

* ގއ. މާމެންދޫ: 1000 ކިލޯވޮޓް އަވަރ

* ގދ. ފަރެސްމާތޮޑާ: 3000 ކިލޯވޮޓް އަވަރ

* ގދ. ގައްދޫ: 2500 ކިލޯވޮޓް އަވަރ

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ބެޓެރީ ސްޓޯރޭޖް ސިސްޓަމާ އެކު އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ އެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދެވެ.

ކިޔުންތެރިންގެ ހިޔާލު